އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ
އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ އެކިއެކި ވަޞީލަތްތައް ބޭނުންކޮށްގެން
ޝައުޤުވެރިކަން ދެމެހެއްޓޭނެހެން ކުރިއަށްގެންދެވޭ އުނގެނުމުގެ ހަރަކާތެކެވެ.
އެގޮތުން ޓެކްނޮލޮޖީގެ ގޮތުން ބޭނުން ކުރެވިދާނެ ތަފާތު އެއްޗެހި ހުރެއެވެ.
އެގޮތުން މީޑިއާ، ތަފާތު ވައްތަރުގެ މެޝިން، ނެޓްވޯރކިން އަދި ހާޑްވެއަރ މީގެ
ތެރޭގައި ހިމެނެއެވެ. ޒަމާން ތަރައްޤީވާ ވަރަކަށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީވެސް ދުވަހެއް
ދުވަހަކަށް މިއަންނަނީ ކުރި އަރަމުންނެވެ. އެޑިޔުކޭޝަނަލް ޓެކޮނޮލޮޖީއެއްގެ އެންމެ
މުޙިއްމު ބޭނުމެއްކަމަށް ވަނީ ތަޢުލީމް ކުރިއެރުވުމެވެ. ވަކިހަމަތަކެއްގެ މަތިން
އުނގެނުމަށް ފަހިކޮށްދިނުމެވެ. މިކަންކަމަށް އެހީއެއްގެ ގޮތުން ތަފާތު އައު
އުފެއްދުންތައް ދަނީ ތަޢާރަފް ވަމުންނެވެ. އުނގެނުމަށް ފަހި ވާގޮތަށް ތަފާތު
ޕްރޮގްރާމްތަކާއި، އެޕްލިކޭޝަންތައް ދަނީ އުފަންވަމުންނެވެ. ކަން މިހެން ހުރިއިރު އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ މިއަދާއި ހަމައަށް ތަރައްޤީވަމުން އައިސްފައިވާ
ގޮތް ބަލައިލުން ވަރަށް މުޙިއްމެވެ.
އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް:
ކަރުދާސް ތަޢާރަފްވުން:
ކަރުދާހަކީ ލިޔުމަށާއި،އެއްޗެހި
ޕްރިންޓްކުރުމަށާއި،ޕާރުސަލް ކުރުން ކަހަލަ ކަންކަމުގައި މިއަދުވެސް ބޭނުން
ކުރެވެމުންއަންނަ އެއްޗެކެވެ. އެނގޭ ހަޤީޤަތަކީ ވަރަށް ކުރިންވެސް ކަރުދާސް ބޭނުން
ކުރަމުން އައި ކަމެވެ. ކަރުދާސް އުފެއްދުމުގެ ޝަރަފް ލިބެނީ ޗައިނާއަށެވެ. 105
އޭ.ޑީ ވަނަ އަހަރު ޗައިނާއިން ވަނީ ކަރުދާސް އުފައްދާފައެވެ.
ކަރުދާހަކީ ގަހުގެ ލަކުޑިން އުފައްދާ އެއްޗެކެވެ. އެގޮތުން
ކަރުދާސް އުފެއްދުމުގައި އެންމެ ގިނައިން ބޭނުންކުރެވެނީ އަވަހަށް ހެދޭ
ބާވަތްތަކުގެ ގަސް ގަހުގެ ލަކުޑިއެވެ. ކަރުދާސް އުފެއްދުމަށްޓަކައި އެންމެ
ފުރަތަމަ ހަދާ ގޮތަކީ ގަހުގެ ލަކުޑި ވަރަށް ކުދިކުދިކޮށް ބުރިކުރުމަށްފަހު،
ފެނާއެއްކޮށް އެއަށްފަހު އޭގެތެރެއަށް ކެމިކަލްއަޅުމަށްފަހު ހޫނުކުރަނީއެވެ.
ކަރުދާހުގެ ތެރޭގައި ތަފާތު ވައްތަރުގެ ކަރުދާސް ހުރެއެވެ. މިހާރު މިބޭނުންކުރާ
ވައްތަރުގެ ޒަމާނީ ކަރުދާސް އުފައްދާފައިވަނީ 705 އޭ.ޑީ ވަނަ އަހަރު ޗައިނާގެ
"ތައިލުން" އެވެ. މިއަދު ކަރުދާއަކީ އެއާއި ނުލާ އުނގެނުމުގެ ހަރަކާތް
ކުރިއަށް ނުގެންދެވޭނެ ފަދަ އެއްވަނީ ވެފައެވެ.
ބްލެކް ބޯޑް ތަޢާރަފްވުން
18 ވަނަ ގަރުނުގައި އުނގެނުމުގެ ވައްޓަފާޅިއަށް
ވަރަށް ބޮޑު އިންގިލާބެއް އައެވެ. އެގޮތުން އައި އިންގިލާބަކީ ދިވެހިންގެ ވަރަށް
ގިނަ ސްކޫލްތަކުގައި ވަރަށް ފަހަކާ ޖެހެންދެން ބޭނުން ކުރަމުން އައި އަދި
މިހާރުވެސް ގިނަ ސްކޫލްތަކެއްގައި ބޭނުން ކުރަމުން އަންނަ ބުލެކް ބޯޑު ތަޢާރަފް
ވުމެވެ. 1801 ގައި ބުލެކް ބޯޑު ވުޖޫދަށް ގެނެސްދިނީ ސްކޮޓްލޭން އޯލްހަޔާރ ސްކޫލްގެ
ހެޑްމާސްޓަރ އަދި ޖޯގްރަފީ ޓީޗަރެއް ކަމުގައިވާ ޖޯން ޕިލަންސްއެވެ. މިކަން
ތަޢާރަފް ވުމުން އޭރު ޔޫރަފްގެ ވަރަށް ގިނަ ސްކޫލްގައި ބެލެކް ބޯޑް ބޭނުން ކުރަން
ފެށިއެވެ. ހަމައެއާއެކު 19 ވަނަ ގަރުނުގެ މެދެއްހައިތާނގާއި އެމެރިކާގެ އެމެރިކާގެ
ހުރިހާ ސްކޫލްތަކެއްގައި ބްލެކް ބޯޑް ބޭނުން ކުރަން ފެށުނެވެ. ނަތީޖާއަކަށް ވެގެން
ދިޔައީ އުނގެނުމުގައި އިތުރު ހަލުވިކަމެއް އައުމެވެ.
ޓެކްސްޓް ފޮތް ތަޢާރަފްވުން:
19 ވަނަ ގަރުނުގެ ތެރޭގައި ޓެކްސްޓް ފޮތްތައް
ތަޢާރަފްވެގެން ދިއުން ވެގެން ދިޔައީވެސް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ރޮނގުން
ކުރިއަށް ޖެހުނު އިތުރު ފިޔަވަޅެއް ގޮތުގައެވެ. ދަރިވަރުންނާއި އުނގަންނައިދޭން
ތިއްބެވި އެދުރުންނަށް މިކަމުގެ ސަބަބުން ވަރަށް ގިނަ ގުނަ ފަސޭހަތައް ވެގެން
ދިޔައެވެ. ވަގުތު ސަލާމަތްވުމާއި، ދަރިވަރުންނަށް އޮޅުން ފިލުވައިދޭން ބޭނުވާ
އެއްޗެއް ފަސޭހަކަމާއެކު އޮޅުން ފިލުވައި ދިނުމަށް އެހީއަކަށް ވެގެން ދިޔައެވެ.
ފަހުން ބަލާލާނެ ރިފަރެންސްގެ ގޮތުގައި މިފަދަ ފޮތްތައް ބޭނުންކޮށްލެވެއެވެ.
އޯޑިޔޯ ވިޝުއަލް ތަޢާރަފްވުން
20 ވަނަ ޤަރުނުގައި އޯޑިޔޯ ވިޝުއަލް ތަޢާރަފް
ވެގެން ދިއުމަކީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް އައި އިތުރު ކުރިއެރުމެކެވެ. އޯޑިޔޯ
އެއްގައި ވެއްޖިއްޔާ އަޑު ހުންނާނެއެވެ. ވިޝުއަލް އެއްޗެއް ވެއްޖިއްޔާ މަންޒަރު
ފެންނާނެއެވެ. މިތަކެތީގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރަމުން
އައީ ރޭޑިޔޯއެވެ. މީގެ އެހީގައި ގިނަ ބަޔަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށް
ދެވެއެވެ. އެންމެ ފުރަތަމަ ކުލާހެއްގައި ރޭޑިޔޯ ބޭނުން ކުރަން ފެށިފައިވަނީ 1925
ވަނަ އަހަރުއެވެ. އެއަށްފަހު 1930 ވަނަ އަހަރު ފިލްމް ސްޓްރިޕް ޕްރޮޖެކްޓަރ ބޭނުން
ކުރަން ފެށުނެވެ. މިއީ އަލި ބޭނުންކޮށް ފޮޓޯ ދައްކަން ބޭނުންކޮށް އުޅުނު
އެއްޗެކެވެ. 1932 ވަނަ އަހަރު އިންސްޓަކްޝަނަލް
ޓީ.ވީ ތަޢާރަފް ވިއެވެ. މިކަމުގެ ސަބަބުން މަންޒަރާއި އަޑު ދަރިވަރުންނަށް
ދެއްކުމަށް އެހީއަކަށް ވެގެން ދިއައެވެ. ކަމަކަށްފަހު ކަމެއް ކުރިއަރަމުން ގޮސް 1940 ވަނަ އަހަރު އޯވާރ ހެޑް ޕްރޮޖެކްޓާރ
ތަޢާރަފް ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ސްކޫލް ތަކުގެ އުނގަންނައިދިނުމަށް
އިތުރު ފަސޭހަތަކެއް ވެގެން ދިޔައެވެ. މިއީ ލޯގަނޑެއްގެ އެހީގައި އަލި
ފޮނުވައިގެން ބޭނުން ކުރާ އެއްޗެކެވެ. މި ބޭނުންކުރުމުން ވަގުތުގެ ބޮޑު ބައެއް
ސަލާމަތްވެގެންދެއެވެ. ބޯޑުގައި ދޭން ބޭނުންވާ އެއްޗެއް އޯ.އެޗް.ޕީ އިންދައްކާލެވޭނެއެވެ.
މިފަދަ ވަޞީލަތްތައް ބޭނުންކުރުމުން ފިލާވަޅުތަކަށް ކުދިން ގަޔާވާނެއެވެ.
1950 ގައި ޓީވީ އާންމުވުން ވެގެންދިއުން ހިމެނެނީވެސް
އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ޗެއިނަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ. މަންޒަރާއި އަޑު
އެއްފަހަރަށް ފެނުމުން ކުދިންނަށް ގިނަ އެއްޗެހިތަކެއް އޮޅުން ފިލުމުގެ ފުރުޞަތު
އޮންނާނެއެވެ. ހަމަ ލޮލަށް ނުފެންނަ ކިތައްމެ އެއްޗެއް ލޮލަށް ފެނުމުގެ ފުރުޞަތު
ލިބިގެންދާނެއެވެ.
ކޮމްޕިއުޓަރގެ ޒަމާން ފެށުން
1960 ގެ މެދެއްހާ ހިސާބުގައި މައިކުރޯ ކޮމްޕިއުޓަރ
ގެ ޒަމާން ފެށުން ވެގެން ދިޔައީ އުނގެނުމާއި، އުގަންނައި ދިނުމަށް އައި އިތުރު
ފަހިކަމެއް ކަމުގައެވެ. 1971 ވަނަ އަހަރު އިންޓެލް
ކޯޕަރޭޝަން އިން މައިކްރޯ ޕްރޮސެސަރ ނުވަތަ މައިކްރޯ ޕްރޮގާމެބަލް ކޮމްޕިއުޓަރ ޗިޕް ތަޢާރުފުކުރި އެވެ.
އިންޓެލް 4004 ގެ ނަން ދީފައިވާ މި ޗިޕް
އުފެއްދީ ޑރ. ރެޑް ހޮފް އެވެ. 1975 ވަނަ އަހަރު އެމް އައި ޓީ އެސް އިން އެންމެ ފުރަތަމަ މައިކްރޯ
ކޮމްޕިއުޓަރ، އަލްޓައަރ ތަޢާރަފް ކުރިއެވެ. ރޮބަރޓް މެޓްކާފް ނަމަކަށް ކިޔާ މީހަކު އެންމެ ފުރަތަމަ ލޯކަލް އޭރިއާ ނެޓްވޯކް
(ލޭން) އުފެއްދިއެވެ. އިތަރނެޓް ގެ
ނަން ދީފައިވާ މި ނެޓްވޯކް އުފެއްދީ ޒެރޮކްސް ޕާކް (ޕަލޯ އަލްޓޯ ރިސާރޗް ސެންޓަރ) ގައެވެ. ކަންކަން މިހެންގޮސް 1980ގެ އަހަރުތަކުގެ ފަހުކޮޅު ކޮމްޕިއުޓާރ
އާންމު ވާން ފެށިއެވެ.
ޑިޖިޓަލްއަށް ބަދަލުވާން ފެށުން
ޒަމާންނަށް އަންނަ ކުރިއެރުމާއި އެއްގޮތަށް
އުނގަންނައި ދިނުމުގައި ގެންގުޅޭ އާލާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ.
1988 ގައި ކޮމްޕިއުޓާރގެ އާއިލާއިން ލެޕްޓޮޕް
ތަޢާރަފްވިއެވެ. ލެޕްޓޮޕަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވެގެން އެއްޗެއް ކަމުގައި
ވެގެންދިއައެވެ. ހިފައި ގެންގުޅުމުގައްޔާއި އުފުލާ ގެންގުޅުމުގައި އެތައް ތަނެއް
ލުއިވެގެން ދިއައެވެ. ކުލާސް ރޫމްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ
ސްމާރޓް ބޯޑު ކަހަލަ ވަޞީލަތްތައް ތަޢާރަފް ވާން ފެށުމުންނެވެ. 1991 ވަނަ އަހަރު ސްމާރޓް ބޯޑު ތަޢާރަފްވުން
ކުރިން ކުލާސްތަކުގައި ބޭނުން ކުރަމުން އައި ބްލެކް ބޯޑާއި ވައިޓް ބޯޑުގެ ބޭނުންކުރުން
މަދުވެގެން ދިޔައެވެ. އެފަދަ ފޯރުންތެރިކަން ހުރި ކޮންމެ ބަޔަކުވެސް ޒަމާނީ
ވަޞީލަތްތައް ކުލާސް ރޫމްތަކަށް ތަޢާރަފް ކުރަމުން ދިއައެވެ. ނަތީޖާއަކަށް ވެގެންދިއައީ
މިފަދަ ތަކެތީގެ އެހީގައި އުނގަންނައިދިނުމުން ދަރިވަރުންނަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ވެގެން ދިޔަކަމެވެ.
އިންޓަރނެޓްގެ ޒަމާން
ތަފާތު ބޮޑެތި ބަދަލުތައް އައިސް 2000 ވަނަ އަހަރު
އިންޓަނެޓް ތަޢާރަފްވެގެން ދިއުން ވެގެން ދިޔައީ އެޑިޔުކޭޝަން ޓެކްނޮލޮޖީގެ
ރޮނގުން އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިއެވެ. އިންޓާރނެޓްގެ އެހީގައި
ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން ރައްޓެހިންނާއި ގާތްގުޅުމެއް އުފެއްދިގެންދިއައެވެ.
ހަމައެއާއެކު އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތެއް އިންޓަރނެޓްގެ އެހީގައި ފަސޭހަކަމާއެކު
ލިބެން ހުރެއެވެ. މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އުޅޭމީހަކަށް
ފަސޭހަކަމާއެކު ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު އިންޓަރނެޓް ޒަމާނީ
ވަޞީލަތްތަކުގެ އެހީގައި މި އޮތީ ފަހިވެފައެވެ. އޮންލައިންކޮށް ތަފާތު ކޯސްތައް
ފުރިހަމަ ކުރުމުގެ ފުރުޞަތު މިވަނީ މިއަދު ލިބިފައެވެ. މިއީ ހައްތަހާވެސް އެޑިކޭޝަނަލް ޓެކްނޮލޮޖީން އައިސްފައިވާ ކުރިއެރުމެވެ. އަދިވެސް މިއީ ހުއްޓުމެއް ނޫނެވެ. ކުރިއަށް އޮތްތަނުގައިވެސް ތަފާތު އެތައް އައު އުފެއްދުންތަކެއް އުފަންވާނެކަން ޔަޤީނެވެ.
ރަނގަޅު އަގުހުރި މަޢުލޫމާތުތަކެއް ލިބިއްޖެ
ReplyDelete